ތަހުގީގަށް ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ހޯދާ މީހުން

އެގޮތުން ފުލުހަށް ހާޒިރުވުމަށް އެންގި ހަތަރު ފަރާތަކީ:

1) އާމިނަތު ޝީޒާ ޢަލީ (33އ)، (A361312) ފެއަރވިލެޖް (ލޮޓް ނަންބަރު 11168) / ހުޅުމާލެ

2) ޙަސަން ނަބީލް (42އ)، (A099246) ފެހިއައްސޭރި / ގއ.ކަނޑުހުޅުދޫ

3) ޢީސާ އިބްރާހީމްފުޅު (46އ)، (A023529) ބަނަފްސާގެ / ތ.ތިމަރަފުށި

4) ޔޫސުފް މުޙައްމަދު ޒައީމް (31އ)، (A394121) ހއ.ދިޔަދޫ / ކ.މާލެ

ފުލުހުންގެ އިދާރާއިން ބުނީ މި ހަތަރު މީހުންވެސް ހާޒިރު ކުރެވެނީ މަސްތުވާތަކެތީގެ މައްސަލާގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށެވެ.

އެހެންކަމުން  14 މެއި 2024 ވަނަ ދުވަހުގެ 14:00 އަށް  ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މި ހަތަރު މީހުން ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

advertisement
ހިޔާލު ދެއްވާ!