އެސް.އެސް.ސީ ޖަވާބު ކަރުދާސް މާކުކުރުމުގެ ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

2024 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރުމުގެ ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން  މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއެވެ.

މި ވަރކްޝޮޕްގެ އެހީގައި އިމްތިހާން ކަރުދާސްތައް މާކުކުރުމުގައި ގެންގުޅެން ޖެހޭނެ ތަފާތު އުކުޅުތައް ދަސްވެގެންދާނެއެވެ. ދެތިންދުވަހަށް މި ވަރކްޝޮޕް ދެމިގެންދާއިރު އަމާޒަކީ ގަވާއިދުތަކުގެ އެއްގޮތުގެ މަތިން ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް އިންސާފުވެރިކަމާއެކު އަދި ފުރިހަމަކަމާއެކު މާކުކޮށް ނިންމާލުމެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަރުދާސް މާކުކުރާނެ ބޭފުޅުން ހޯދުމަށް އިއުލާނު ކުރުމުން ދިވެހި މާއްދާއަށް 96 ބޭފުޅުން އަދި އިސްލާމް މާއްދާއަށް 87 ބޭފުޅުން ކުރިމަތިލާފައިވެއެވެ. ހަމަމިއާއެކު މިވަރކްޝޮޕްގައި ޑީ.ޕީ.އީ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ބެލުމަށްފަހު، ކޮންމެ މާއްދާއަކަށް ވެސް 40 މާކަރުން ހޮވާނެކަމަށްވެސް ޓްވިޓާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!