ފޮޓޯ: ވިލިމާލެ ފޭސްބުކް ޕޭޖް

ވިލިމާލޭގައި މިހާރަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފި

ގްރޭޓަރ މާލެ އޭރިޔާގައި ހިމެނޭ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަށް ހިންގާ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ހެދުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރުގެ ވައުދެކެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ތަރައްގީގެ ޕްލޭން ފާސްކުރިއިރު މި ކަން އޮތީ ހިމަނާފައެވެ. އެކަމަކު ރައީސް ޞާލިޙުގެ ސަރުކާރުން މިކަން ކޮށްފައިނުވެއެވެ.

މިއަދު ސަރުކާރު ގެޒެޓުގައި ޝާއިއުކުރި، މާލޭގެ ޕްލޭނިން ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ 100 ފޫޓަށްވުރެ އުސްނުވާނޭހެން ވިލިމާލޭގައި އިމާރާތް ކުރެވިދާނެ ކަމަށެވެ. 100 ފޫޓަކީ 10 ބުރީގެ އިމާރާތް އެޅުމަށް ބޭނުންވާނެ އުސްމިނެވެ.

ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ކުރިން އޮތީ 6 ފަންގިފިލާއަށެވެ.

advertisement
ހިޔާލު ދެއްވާ!