ފޮޓޯ: އެޗްޑީސީ

މުއްސަނދިންނަށް ހުޅުމާލެއިން އަނެއްކާވެސް ބިން ވިއްކަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި މިފަހަރު ވިއްކާ ބިންތަކުގެ ތެރޭގައި ހިމެނެނީ 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. މިބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000 ރުފިޔާއެވެ.

އެޗްޑީސީން ބުނީ ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށާއި މިހާރު ހުޅުވާލާފައިވަނީ ގަންނަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ މަރުހަލާކަމަށެވެ.

އެޗްޑީސީން ބުނާގޮތުން ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ އެބިމަށް ބީލަން ހުށަހެޅުމެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގުން ބެލިޔަސް އެންމެ ކުޑަ ބިމުގެ އަގު 7.4 މިލިއަން ރުފިޔާއަށް އަރާ މިބީލަމުގައި ބައިވެރިވެވޭނީ ދިވެހިންނަށާއި ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް ބުންޏެވެ.

އެޗްޑީސީން މިހެން ބުނެފައިވާއިރު ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ބޭރުމީހުންނަށްވެސް ދިވެހި ރައްޔިތުކަން މިހާރު ހޯދެއެވެ.

advertisement
ހިޔާލު ދެއްވާ!