އެމްއޭސީއެލުން ހައްޖަށް ފޮނުވާ މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލުން 10 މުވައްޒަފަކަށް ހައްޖުވުމުގެ ފުރުސަތުދީފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މި އަހަރު ހައްޖަށް ފޮނުވާ 10 މުވައްޒަފުން ހޮވައިފިއެވެ.

އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕްއެކެވެ.

މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލުން މިއަދު ބުނީ ހައްޖުގެ ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި އެމްއޭސީއެލުން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، އެ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ، މުވައްޒަފުންނަށް ހައްޖުގެ ފުރުސަތު ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއެކު ކުރި މަސައްކަތްތަކުން އެ ފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.

މިދިޔަ އަހަރުވެސް އެމްއޭސީއެލުން ވަނީ ފަސް މުވައްޒަފަކު ހައްޖަށް ފޮނުވާފައެވެ.

މިއަހަރު އެމްއޭސީއެލުން ހައްޖަށް ފޮނުވާ 10 މުވައްޒަފުން:

  1. ޢަބްދުއްލަޠީފް ޢަލީ އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
  2. އަޙްމަދު ޖަލީލް – އެމްޕްލޯއީ ފެސިލިޓޭޝަން އެންޑް ޓްރާންސްޕޯޓް
  3. މުޙައްމަދު ރަޝީދު ޢަބްދުﷲ – ވޯޓާ އެންޑް ސްވަރޭޖް ސާވިސަސް
  4. އަޙްމަދު ޢާދިލް – މެކޭނިކަލް ސާވިސަސް
  5. ޢަލީ ރިޔާޒް އިސްމާޢީލް – އޭރޮނޮޓިކަލް އިންފޮމޭޝަން ސާވިސަސް
  6. އިބްރާހިމް ސިރާޖު – ޓާމިނަލް ފެސިލިޓީ މެނޭޖްމަންޓް
  7. އިބްރާހީމް ޚާލިދު – އެއާ ޓްރެފިކް ސާވިސަސް
  8. އަޙްމަދު އިބްރާހީމް – ފިއުލް ސާވިސަސް
  9. ޙައްވާ ޝަޒްދާ – ބެގޭޖް ސާވިސަސް
  10. ޖީޒާ މުޙައްމަދު – ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލް ރިވާޑްސް

އެމްއޭސީއޭލުން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!