މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދިނީ ރައީސްގެ ޓީމު ރޫޅާނުލެވޭނެކަން: ޢަބްދުއްރަޙީމް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިން ނުކުމެ ސާބިތުކޮށްދިނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޓީމު ރޫޅާނުލެވޭނެކަންކަމުގައި ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލާ އިތުބާރު ގެއްލުވާލުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަނަމަވެސް، ޑރ. މުޢިއްޒުގެ ޓީމު ރޫޅާނުލެވޭނެކަން ދިވެހިން ނުކުމެ ސާބިތުކޮށްދީފިކަމަށެވެ.

"އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ. ރައީސް ޑރ. މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް" ޢަބްދުއްރަޙީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިމިވަނީ ސަރުކާރާއި ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!