ރައީސުލްޖުމްހޫރިއްޔާ ރައުޟާގައި... ފޮޓޯ: واس العام

ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރައްވައިފި

ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް މަސްޖިދުއް ނަބަވީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތް ކުރައްވައިފިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންނެވީ އިއްޔެއެވެ.

ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާބޯޓެއްގައި ރައީސުލްޖުމްހޫރިއްޔާ މަދީނާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާވިދާޅުވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު އަމީރު ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދެވެ.

ރައީސުލްޖުމްޖޫރިއްޔާ ސައުދީއަށް ވަޑައިގަތުމުން މަދީނާގެ ގަވަރުނަރު ރައީސްގެ އިސްތިގުބާލުގައި އެއަރޕޯރޓުގައި..ފޮޓޯ: واس العام:

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ ނަބަވީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

އެމަނިކުފާނާއެކު މިދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގަންނަވައެވެ.

advertisement
ހިޔާލު ދެއްވާ!