ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވާއިރު ބަޔަކު ހަވާ ބަލަނީ... ފޮޓޯ: ރިވާޔާ ނިއުސް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އަރުވާނެ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ މުއައްސަސާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "އުފާ ފެސްޓިވަލު" ގައި މިރޭ 10:00 ގައި ކަމަށެވެ.

ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓް ހާއިރަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އުފާ ފެސްޓިވަލަކީ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ހުޅުމާލެ ސެންޓްރަލް ޕާކުގައި 2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ބާއްވަނީ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. ފެސްޓިވަލް ކުރިއަށްދަނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށާއި ރޭގަނޑު 8 އިން 10 އަށެވެ.

advertisement
ހިޔާލު ދެއްވާ!