ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް: ރައީސް

ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާ ކުރަނީ ގައުމީ ވާޖިބެއް ކަމަށެވެ.

 

މޭ 12 ވަނަ ދުވަހަކީ ދުނިޔޭގެ ނަރުހުންގެ ދުވަހެވެ. މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސް އިން ކަނޑައަޅާފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަރުހުންނަކީ ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ކެތްތެރި ބައެއް ކަމަށެވެ.

އަދި ނަރުހުންނަކީ ކެތްތެރިކަމާއި ހިތްވަރާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭ ބައެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ޣައްޒާގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށްއެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!