ޕްރޮގްރާމުގައި މުދައްރިބަކު ނަރުހުންނަށް ކިޔަވައިދެއްވަނީ ... ފޮޓޯ: އެމްއެންޑީއެފް

ނަރުހުންނަށް ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފިއެވެ.

އިއްޔެ ގިރިފުށީގައި ކުރިޔަށްދިޔަ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެންކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.

މިޕްރޮގްރާމްގައި މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި، ވިލާ ކޮލެޖާއި އެންޖީއޯތަކުން ޖުމްލަ 34 ނަރުހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.

މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، "އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު-ފަރުވާގެ އިގްތިސާދީ ބާރު" މިއެވެ.

advertisement
ހިޔާލު ދެއްވާ!