މިއަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޙްމަދު ނާފިޒު ވިދާޅުވީ ޖުމްލަ ގޮތެއްގައި މިއަހަރު 56 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އޭގެތެރެއިން 13 އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާ އޭގެ "ސްޓްރީޓް ވެލިއު" އަކީ 104 މިލިއަން ރުފިޔާ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް އައިއިރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 260 މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި، އޭގެތެރޭގައި 16 ބިދޭސީން ހިމެނޭކަމަށްވެސް ފުލުހުން ބުންޏެވެ.