މަޑަވެލީގެ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް

ރަށުގެ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ މަސައްކަތް މަޑަވެލި ޑަބްލިޔުޑީސީ އިން ފަށައިފި

ގދ. މަޑަވެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ(ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ރަށުގެ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ޕްރޮގްރާމެއް ފަށައިފި އިއްޔެ ފަށައިފިއެވެ.

"ރިވާޔާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ޑަބްލިޔުޑީސީގެ ރައީސާ ނަދީމާ ތައްޚާން ވިދާޅުވީ މިޕްރޮގްރާމަކީ "މަޑަވެލީގެ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" މި ޝިޢާރުގެ ދަށުން ރަށު ކައުންސިލާއި ފުލުހުން އަދި ސިފައިންނާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަަމަށެވެ.

އެގޮތުން ރަށުގެ ކޮންމެ ކުއްޖަކަށް ވެސް މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

21 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ސިފައިންގެ ދެ އިންސްޓެކްޓަރުން ކަމަށްވާ އަލީ އިރުފާން އާއި އިބްރާހިމް ޝަމީމް އެވެ.

ޑަބްލިޔުޑީސީގެ ރައީސާ ނަދީމާ ވިދާޅުވީ މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށްޓަކައި ރަށުގެ ހުރިހާ މުއައްސަސާއެއްގެ ފުުރިހަމަ އެއްބާރުލުން ލިބިގެން ދިޔަ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!