މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރ

މާލޭގެ މަދަނީ ޖަމިއްޔާތަކަށް ޚާއްސަ ވޯކްޝޮޕެއް ބާއްވަނީ

މާލޭގެ މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބުނީ މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ބާރުވެރިކުރުވުމުގެ ގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ، މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް 14 މެއި 2024 އިން 16 މެއި 2024 އަށް މާލޭގެ މަދަނީ ޖަމިއްޔާތަކަށް ޚާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަދަނީ ޖަމިއްޔާއަކުން އެއް ބޭފުޅަކަށް ކަމަށެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް އެދި އެޕްލައި ކުރަން ބޭނުންވާނަމަ 13 މެއި 2024 ގެ 13:00 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމް ފުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

  • ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުނަމަ އެ މިނިސްޓްރީގެ ނަންބަރު 4000479 ގުޅައި އޮޅުން ފިލުވުމަށް ވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!