އުކުޅަހުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އއ. އުކުޅަހުގައި އެކްސިޑެންޓެއް ހިނގާ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ހޯމަދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 2:30 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށު ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ. އެވަގުތު ސައިކަލް ދުއްވަން އިނީ 17 އަހަރުގެ  ފިރެހެން ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަނިޔާވި ކުއްޖާއަށް ދަނީ އެރަށު ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. ކުއްޖާގެ ހާލަތު ސީރިއަސް ވުމާ ގުޅިގެން ވަގުތުން މާލެ ގެނެސް، އައިޖީއެމްއެޗް އެމަޖެންސީއަށް ގެންގޮސް ސީޓީ ސްކޭންއެއް ހެދިކަމަށް މައުލޫމާތު ލިބެއެވެ.

ބޭރުފުށުން ވަރަށް ބޮޑަށް އަނިޔާ ލިބިފައި ވީނަމަވެސް އިރާދުކުރެއްވީތީ ސިކުނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

18 އަހަރު ނުވާ ކުދިންނަކީ ކުޑަ ކުދިންގެ ގޮތުގައި ރާއްޖޭގެ ގާނޫނު މާނަ ކުރެއެވެ. ރާއްޖޭގެ ގާނޫނު ބުނާގޮތުން ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ ގާނޫނީ ކުށެކެވެ.

މި އެކްސިޑެންޓް މައުލޫމާތު ލިބި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުުރަމުންނެވެ.

 

advertisement
ހިޔާލު ދެއްވާ!