މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހޮނަރަބަލް މުޙައްމަދު ސަޢީދު .. ފޮޓޯ: މިނިސްޓްރީ

އިންޑިއާގެ ފައިސާ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

ރާއްޖޭގައި އިންޑިއާގެ ކާޑު ޕޭމެންޓް ނެޓްވޯކް ޚިދުމަތް ދޭން ވަރަށް އަވަހަށް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކާޑު ރަސްމީކޮށް ބޭނުން ކުރަން ފެށުމުން ރާއްޖޭގައި ރޫޕޭ އިން ޕޭމެންޓްތައް ހެދެން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރުޕީސް އިން ޕޭމެންޓް ހެދޭން ގޮތްތައް ބެލުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ދަނީ އިންޑިއާއާ އެކު މަޝްވަރާތައް ކުރަމުންނެވެ.

މި ކާޑު މިވަގުތު ދަނީ ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން ދަނީ ބޭނުންކުރަމުންނެވެ. ހަމަ މިއާއެކު ބައެއް ގައުމުތަކާއެކު ރޫޕޭ ބޭނުންކޮށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް ހެދޭނެ ގޮތްތައް އަންނަނީ ސަރުކާރުން ތަޢާރަފު ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރު އިންޑިއާގެ ސެންޓްރަލް ބޭންކުން ވަނީ ޔޫއޭއީއާ އެކު ރޫޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ހިންގަން އެއްބަސްވެފައެވެ.

advertisement
ހިޔާލު ދެއްވާ!