ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 35,173 އަށް!

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 35،173 އަށް އަރައިފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ޣައްޒާގެ 35،173 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު  79،061 ރައްޔިތުން ޒަހަމްވެފައިވާ ކަމަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައްހާސް މުސްލިމުންނެއް މިވަނީ ޝަހީދުވެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވުމުން ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ފިއްތުންތަކަށް ނުބަލާނެ ކަމަށެވެ.

އަދި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރުން ވަނީ އިރާނަށް ހަމަލާދިނުމުގެ މައްސަލާގައި އޭނާއާއި ވާހަކަ ދައްކާފައި ކަމަށާއި ދެ ގައުމުން ވެސް އެދުނީ މަސްލަހަތު އިތުރަށް ހޫނު ނުކުރުމަށް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!