ޑޭ ޓު ޑޭ އަޕްޑޭޓް މީޑިއާ އާއި ހިއްސާ ކުރެވިފައިނުވާ ކަމުގައި ވީނަމަވެސް ނޭޝަނަލް ސްޕޯޓްސް އަކީ އެކްޓިވް ކައުންސިލެއް ކަމުގައި ކުޅިވަރާއި ހަށިހޮޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށާއި މިހާރު އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށްދަނީ އެސޯސިއޭޝަންގެ ގަވާއިދުތަކާއި އެ އެސޯސިއޭޝަންތަކުގެ މައި އިދާރާތަކުގެ ގަވާއިދުތައް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ސްޓްރީމްލައިން ކުރުމެވެ. ކުޅިވަރުގެ މައި އިދާރާތަކުގައި ހުންނަ ގަވާއިދުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގައި ފުށުއެރުންތަކެއް ހުންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުންދޭ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ އެސޯސިއޭޝަންތަކަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ހިނގަމުން ދާންޖެހޭ ތަންތަން ކަމުގައެވެ.
ސްޕޯޓްސް އެކްޓް އެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތައް ކުރިއަށް ގެންދިއުމަށްޓަކައި ގަވާއިދުތައް ސްޓްރީމްލައިން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތްތައް ވަރަށް ގާތުން މޮނީޓަރ ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.