މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދައިފައިވާ މައްސަލައެއްގައި ތަހުގީގަށް ތިން މީހަކު ހޯދަން ފަށައިފިއެވެ.

ހުޅުމާލެ ފޭސް ދެއެއްގެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނީ މި ތިން މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ހަވާލު ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން މިހާރު ވަނީ މި ތިން މީހުންގެ ވަނަވަރު އާންމު ކޮށްފައެވެ.

އެއީ ހއ. ތުރާކުނު، އަސުރުމާގެ ޢަލީ ޝަރީފް(25އ) އާއި  ލ. މަތިމަރަދޫ، ނަޔާޗާންދު ޢަލީ ޝަމީމް(37އ) އަދި  އދ. ކުނބުރުދޫ މާބަގީޗާގެ، ޢާއިޝަތު ނުހާ(24އ)އެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި މި ތިން މީހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުގެ މަތިން ހާޒިރުވުމަށް އަންގާފައެވެ. އަދި އެއީ އެ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

 

advertisement
ހިޔާލު ދެއްވާ!