އެއަރޕޯރޓުގެ ޓެކްސީ ކިޔު ... ފޮޓޯ: އަވަސް

މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައިފި

ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 20 މޭ 2024 ވާ ހޯމަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތަަށް ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅާފައިވާ ކަމަށެވެ.

ދަތުރުކުރާ ސަރަހައްދު 6 ސީޓަށްވުރެ ދަށުގެ އުޅަނދު 10-7  ސީޓު ދެމެދުގެ އުޅަނދު
 ޒޯން އެތެރޭގެ ދަތުރު – (މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރު) 30 ރުފިޔާ 45 ރުފިޔާ
މާލެ އިން
ހުޅުމާލެ ފިޔަވަހި 1 85 ރުފިޔާ 130 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 100 ރުފިޔާ 155 ރުފިޔާ
އެއަރޕޯޓް 70 ރުފިޔާ 110 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން
މާލެ 130 ރުފިޔާ 85 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 40 ރުފިޔާ 60 ރުފިޔާ
އެއަރޕޯޓް 80 ރުފިޔާ 125 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން
މާލެ 100 ރުފިޔާ 155 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 40 ރުފިޔާ 60 ރުފިޔާ
އެއަރޕޯޓް 85 ރުފިޔާ 130 ރުފިޔާ
އެއަރޕޯޓް އިން
މާލެ 70 ރުފިޔާ 110 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 80 ރުފިޔާ 125 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 85 ރުފިޔާ 130 ރުފިޔާ
ޑޮމެސްޓިކް ޓަރމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަރޕޯޓަށް ކަނޑައަލާފައިވާ އަގުގެ އިތުރުން 10 ރުފިޔާ 15 ރުފިޔާ
ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން 3 ލަގެޖަށް ވުރެ އިތުރު ކޮންމެ ލަގެޖަކަށް

 

5 ރުފިޔާ 5 ރުފިޔާ

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ކުރުމުގެ އަގުތަށް ކަނޑައަޅާފައިވަނީ ދަތުރުކުރެވޭ ސަރަޙައްދާއި ޕެޓްރޯލް ޚަރަދާއި އެފަދަ ކަންކަމަށް ރިޔާއަތްކޮށް ޓޭކްސީ ޑްރައިވަރުންނާއި ޚިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ބުރުނާރާނެ ގޮތަށް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!