މި އަހަރު މިހާތަނަށް ޗައިނާއިން ރާއްޖެއަށް 92،773 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 92،773 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަކަން ފާހަގަ ކުރެވެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.
އެގޮތުން މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށްވަނީ 187118 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2022 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ.
ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ.
ރަޝިޔާއިން މިހާތަނަށް 84،162 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 3 ވަނާގައި އޮތް އިނގިރޭސިވިލާތުން 79،721 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
4 ވަނާގައި އިޓަލީ އޮތް އިރު އިޓަލީން 73،272 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި 5 ވަނާގައި އޮތް ޖަރުމަނުވިލާތުން 65،563 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.