ތ. ކަނޑޫދޫގައި ކުޑަކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު އިރުއޮއްސުނު ވަގުތު ފާރު ދަށުވެ އަނިޔާ ލިބިފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފާރު ގައިމައްޗަށް ވެއްޓުމާއެއްކޮށް ކުއްޖާއަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެކުއްޖާގެ މޫނު ނޫނިއްޔާ މުޅި ހަށިގަނޑު އޮތީ ފާރުގެ ދަށުގައި ކަމަށް މަންޒަރު ދުށް މީހަކު ބުނެއެވެ. އެމީހާ ބުނާ ގޮތުގައި އެފާރަކީ ވަރަށް ދުވަސްވީ އަދި އަރިއަޅާލައިފައިވާ ފާރެކެވެ.
އެ ރަށު ރައްޔިތުން ދަނީ މިކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ މިފަދަ ދުވަސްވީ ފާރުތައް ރަށުގައި އެހާ ގިނައިން ހުރުމީ ރައްކާތެރިކަމަކަށް ނުވާތީއެވެ. މިއަދު ހިނގާދިޔަ ހާދިސާއަކީ އެކަމުގެ މިސާލެކެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.