ދެ ރައީސުން ސަލާން ކުރައްވަނީ

ރަޝިޔާއާއި ޗައިނާގެ ރައީސުން ސަލާންކުރެއްވި ގޮތުން އެމެރިކާ ކަންބޮޑުވެއްޖެ

ޗައިނާ – ރަޝިޔާ ގުޅުންތައް ބަދަހިވަމުން ހެދިބޮޑުވަމުންދާ ދިޔުމަކީ ވޮޝިންގްޓަން އެކަމާމެދު ވަރަށް ކަންބޮޑުވާ ކަމެކެވެ. ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން އައު ދައުރަކަށް ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ޗައިނާކަމުގައި ހެއްދެވުމަކީ ވަރަށް މާނަ ފުން ކަމެކެވެ. ބާރުގަދަ މި ދެ ގައުމުގެ ދެމެދުގައިވާ އިސްތިރާޖީ ގުޅުމުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ.

ރައީސް ޝީ، އޭނާގެ އެކުވެރި ރައީސް ޕޫޓިނަށް ރަތްދޫލައިގެ ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދައިލައްވައި މި ކުރެއްވި ސަލާމުގެ ސަބަބުން ވޮޝިންގްޓަން ހިތުގައި ޖެހުނެވެ. މި ކަމަށް މަލާމާތްކުރައްވާ އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން ނޫސްވެރިންނަށް ބަޔާންދެއްވީތީއެވެ. އޭނާ ވިދާޅުވިގޮތުގައި  މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ފާހަގަކުރަންޖެހޭފަދަ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ހުކުރުދުވަހު އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ތަރްޖަމާން ޖޯން ކަރބީ މި ކަމާބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ "މިއީ އެ ދެމީހުންނަށް ރަނގަޅުކަމަކަށް ވެދާނެއެވެ."

ކަރބީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ." އަހުރެން އައިސް މި ހުރީ ދެ މީހެއްގެ ދެމެދުގައި ވާ ސަންސާރައާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނޫނެވެ. ދެމީހެއްގެ ދެމެދުގައި އޮންނަ ހަންހާރަވެތިކަން ޖިސްމާނީ ގޮތުންނާއި އެހެނިހެން ތަފާތު ގޮތްގޮތަށް ހާމަކޮށްފާނެއެވެ. އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަން އެ ދެ ބޭފުޅުންނަށް ދޫކޮށްލަމެވެ."

ރައީސް ޕޫޓިން ބުރާސްފަތިދުވަހު ބޭޖިންގަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅަކީ 2023ގެ ފަހުން އޭނާ ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިއީ 2022ގައި ޔުކްރޭން ހަނގުރާމަ ފެށުނުފަހުން ޗައިނާ ރަޝިޔާ ގުޅުންތައް ޚާއްޞަކޮށް ސިޔާސީ އިޤްތިޞާދީ އަދި ތިޖާރީ ގުޅުންތައް ބަދަހި ކުރެއްވުމަށްޓަކައި ދެ ރައީސުން ދެއްވާ  އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.

މޮސްކޯއަށް ޢަސްކަރީގޮތުން އެހީނުވުމަށް ވޮޝިންގްޓަނުން ދަނީ ބޭޖިންގަށް އިންޒާރުދެމުންނެވެ. އެމެރިކާ އެއްބަސްވާގޮތުގައި އެފަދަ ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ. އެހެނަސް ވޮޝިންގްޓަން ބުނާގޮތުގައި ޗައިނާއިން ރަޝިޔާއަށް ދޭ އިޤްތިޞާދީ އެއްބާރުލުމުގެ ސަބަބުން ރަޝިޔާގެ ޢަސްކަރިއްޔާ ދަނީ ކުރިއަރަމުންނެވެ. މިސައިލާއި ޑްރޯނާއި ޓޭންކްގެ ޞިނާޢަތުގައި ރަޝިޔާ ވަނީ ވަރަށް ބޮޑެތި ފިޔަވަޅުތަކެއް ކުރިއަށް އަޅައިފައެވެ.

އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ އިޤްތިޞާދީ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުން މޮސްކޯ ސަލާމަތްވެފައިވަނީ ޗައިނާގެ އެއްބާރުލުންތަކުގެ ސަބަބުންނެވެ. ޗައިނާއަކީ ރަޝިޔާގެ އިޤްތިޞާދީ ޙަޔާތުގެ އަސާސީ ލޭނާރެކެވެ.

ރައީސް ޕޫޓިން ހާމަކުރެއްވިގޮތުގައި ޗައިނާއާއި ރަޝިޔާއާ ދެމެދުގައިވާ އިސްތިރާޖީ ދާއިމީ އެއްބަސްވުން ކުރިމަގުގައި ކުރިއަށްދާނެއެވެ. މި ގުޅުން ވަރަށް ވަރުގަދައަށް ހެދި ކުރިޖަހަމުންދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްތިރާޖީ ބައިވެރިވުމުގެ އައު މަރްޙަލާއެއް  ފެނިގެންދާނެއެވެ. އަދި ދުނިޔޭގެ ޞުލްޙައަށް ކުރެވޭ މަސައްކަތް އިތުރުވެ ހުޅަނގުގެ ނުފޫޒުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި ގުޅައިލެވިފައިވާ އަތުގުޅައިލުމެއް ކުރިއަށް ދާނެއެވެ.

ރޫސީ ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ރޫސީ ޗައިނާ ގުޅުމަކީ އަނަފާވެރި ގުޅުމެއްނޫނެވެ. އަދި އެއީ ވަކި ފަރާތަކާ ދެކޮޅަށް މިސްރާބުކޮށްފައިވާ ގުޅުމެއް ވެސް ނޫނެވެ.އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެންގެ އެއްބާރުލުމަކީ ބައިނަލްއަޤްވާމީ މައިދާނަށް ހަމަޖެހުން ގެނެސްދޭނެ ބަހާއެކެވެ. އެއީ ޢާލަމީ ފެންވަރުގައި ޢަދާލަތުގެ އުޞޫލުތަކާއި ދީމުޤްރާޠީ ނިޒާމު ޤާއިމުކުރުމަށް ވާގިވެރިވާނެ  ބަހާއެކެވެ.”

ޗައިނާގެ ރައީސް ޝީ ކަށަވަރުކޮށްދެއްވި ގޮތުގައި އެ ދެ ގައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުންތަކުގެ ސަބަބުން ދުނިޔޭގެ ޞުލްޙައަށް ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އޭނާ ވިދާޅުވިއެވެ."ޗައިނާ- ރޫސީ ގުޅުންތަކަކީ ހަމައެކަނި އެ ދެ ގައުމުގެ މަޞްލަޙަތުގެ މަތީގައިވާ ކަމެއް ނޫނެވެ. މީގެއިތުރަށް އެއީ ދުނިޔޭގެ ޞުލްޙައާއި އަމާންކަން ވަރުގަދަކޮށްދޭނެ ކަމެކެވެ."

advertisement
ހިޔާލު ދެއްވާ!