ގިނަ ބައެއްގެ ސަމާލުކަން ލިބުނު "ތެޅި އަނބު" ތައްޔާރު ކުރާނެގޮތް މިއޮތީ

ޖެހޭ ގަދަވަޔާއެކު މިދުވަސްކޮޅު ވައިގައި ހިފައިގެން މިއުޅެނީ "ތެޅި އަނބު"ގެ ވާހަކައެވެ.

މުޅި މީސްމީޑިއާގައި ދައުރުވަނީ "ތެޅި އަނބު" ގެ ވީޑިއޯތަކާއި ފޮޓޯތަކެވެ. އަނބު ވަށައިގެން ވަޅި އަޅާފައި ދެން އަނބާއި ނޫޑުލްސް ސޫޕްޕެކެޓާއި ލޮނުމިރުސްހަވާދު އެއްކުރުމަށްފަހު ކޮތަޅެއްގެ ތެރެޔަށްލާ ބަންދުކޮށްލާފައި އެއްޗަކުން އަނބުތައް ޗިސްޗިސް ވަންދެން ތަޅަންވީއެވެ. ޗިސްވުމުން ކޮތަޅުން ނަގައިން ހަމަ ކާންވީއެވެ.

ވީޑިއޯތަކުގައި ކޮމެންޓުކޮށްފައިވާ ބައެއް މީހުން ބުނާގޮތުގައި ހަމަ އަސްލަށްވެސް މި "ތެޅި އަނބު" ވަރަށް މީރެވެ.  ބައެއްމީހުން އަސޭމިރުސްވެސް އަޅައެވެ.

"ތެޅި އަނބު" ވީޑިއޯތައް ދައުރުވަމުން އައިސް މީގެ ތެރެޔަށް އިތުރު ހުތް އެއްޗެހިވެސް އިތުރުކޮށްގެން ކާތަންވެސް އެބަ ފެނެއެވެ. ގޮބާއި ގޯނބިއްޔާއި ހުތްއާފަލުވެސް ތެޅި އަނބުހެން ހަދައިގެން ކާތަން ބައެއް ވީޑިއޯތަކުން ފެނެއެވެ.

މިއީ ޗުއްޓީގައި އާއިލާ އަދި އެކުވެރިންނާއެކު ކޮށްލަން މަޖާކަމަކަށްވާނެއެވެ. އަނބު މޫސުން ނިމުމުގެ ކުރިން އަވަހަށް "ތެޅި އަނބު" ގެ އަޖުމަބަލާލެވޭތޯ އުޅޭށެވެ. ވިއްސާރަޔަސް ގޭގައި ތިބެގެންވެސް ކާލަން ކަމުދާނެކަން ގައިމެވެ.

 

advertisement
ހިޔާލު ދެއްވާ!