ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހީމް ފައިޞަލް

ޗެނަލް13 އިން ނެރެފައި އެވަނީ ރޯބުހުތާނު ދޮގެއް: މިނިސްޓަރު ފައިސަލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރުމަށް އެންގި ވާހަކައަކީ ދޮގެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ޗެނަލް 13 އިން ނެރެފައި އެވަނީ "ރޯބުހުތާނު ދޮގެއް" ކަމަށެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ ޒާތީވެ ބުލީކޮށްގެން ފަހަތައް ނުޖެއްސުމުން، ބޮޑެތި ދޮގު ވާހަކަތައް ފެތުރިޔަސްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ފައިސަލް މިނިސްޓަރު ކަމަށް އެރުމާއި މިއަދާ ހަމައަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ އެބޭފުޅާގެ އިނގިރޭސި ބަހަށް ފަރިތަ ނުވުމާ ގުޅިގެންނެވެ.

ހަމަމިއާއެކު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު ދެއްވި އިންޓަވިއުއަކާއެކީ ވަރަށް ގިނަ ބައެއްގެ ތައުރީފުވަނީ ނޫރައިން އަށް ލިބެމުންނެވެ. މީގެ އިތުރުން ނޫރައިންގެ ވާހަކަ ދެއްކުމުގެ ފަށުއިކަން އާންމުންނަށް ވަރަށް ކަމުދިޔައެވެ.

އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން އަދާކުރަން ނޫރައިން މާ ޤާބިލުކަމަށާއި އޭނާ އާ އެމަގާމު ހަވާލު ކުރަން ބައެއް މީހުން ގޮވާލައިފައިވެއެވެ.

ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރުމަށް އެންގި ވާހަކަތައް ދޮގުކުރައްވައި ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއި މެދު އޮތީ ވަރަށް އެކުވެރި އަދި ބަދަހި ގުޅުމެއް ކަމަށެވެ.

"ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ." ފައިސަލް ވިދާޅުވިއެވެ.

މި ޚަބަރާ ގުޅިގެން ފޭސްބުކްގައި ހިއްސާ ކުރެވިފައިވާ ޕޯސްޓުގައި ފައިސަލް ވިދާޅުވެފައިވަނީ އިންތިޒާމްކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފެތުރިނަމަވެސް، އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!