މަހްލޫފުގެ ދަރިފުޅު އެލީ އިންޓަނޭޝަނަލް މުބާރާތެއްގެ ސެމީ ފައިނަލަށް

ކުރީގެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފް (އެލީ) އަރމޭނިއަން ޔޫތް އޯޕަން މުބާރާތުގައި ބެޑްމިންޓަން ކުޅެ ސެމީފައިނަލް އަށް ގޮސްފައެވެ.

އެލީއާއިއެކު ޑަބަލްސް ކުޅެމުންދާ އަރމޭނިއާއަށް ނިސްބަތްވާ މާކްވަނީ މި މުބާރާތުގައި ގިނަ މެޗުތަކުން ކާމިޔާބީ ހޯދާފައެވެ. 4 މެޗުން ބަލިވެފައިވީ ނަމަވެސް ކުޅުނު 9 މެޗުން ދެކުދިންވެސް މޮޅުވެފައިވެއެވެ.

ސެމީފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ މާލެ ގަޑިން ހެނދުނު 10:00ގައެވެ.

އެލީއަކީ މީގެ ކުރިންވެސް ބެޑްމިންޓަން ކުޅެ ކާމިޔާބީތަކެއް ހޯދާފައިވާ ކުއްޖެކެވެ.

އިޓަލީގައި މިދިޔަ އަހަރުގެ މޭ މަހު ބޭއްވި ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ މިކްސްޑް ޑަބަލްސް އަދި ޑަބަލްސް އިވެންޓުން ތިންވަނަ ހޯދާފައެވެ. މި މުބާރާތުގައި ލައިބާ ޕެއާ ހަދާދައިވަނީ ޔޫރަޕު ކުދިންނާއެކުއެވެ.

މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކެވެ. މި އިވެންޓުގެ ސެމީއަށް ލައިބާ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޔާން ކްލިމާޖް އާއި ގަބްރިއޭލާ ބެގޭނީގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހުއެވެ.

ސެމީގައި ލައިބާގެ ޕެއާ ބަލިވީ އޮސްޓްރިއާގެ ޕެއާއެއް އަތުންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ޗެކް ރިޕަބްލިކުގެ ގަބްރިއޭލާ ބެގޭނީއެވެ. މި އިވެންޓުގެ ސެމީގައި ލައިބާގެ ޕެއާ ބަލިވީ އޮސްޓްރިއާގެ ޕެއާއެއް އަތުންނެވެ.

މީގެ އިތުރުން ޕޮލެންޑުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ކުރިއަށްދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ފެސްޓިވަލްގައި ވާދަކޮށް ލައިބާ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ސިންގަލްސް ބައިން މެޑަލް އެއް ހޯދާފައިވެއެވެ.

އެލީ ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެގުރޫޕްގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކޮށް އެލީވަނީ ކުއާޓާ ފައިނަލްގައި ޔޫކްރޭންގެ އުލިއާނާ ކޮނޮނެންކޯއާ ވާދަކޮށް މޮޅުވެފަ އެވެ. އަދި ވާދަވެރި ސެމީ ފައިނަލުގައި އެލީ ބަލިވީ އެއްވަނައަށް ސީޑް ކުރެވުނު ޕޮލެންޑުގެ މާލެނާ ޕުޑްލޯ އަތުން ނެވެ.

advertisement
ހިޔާލު ދެއްވާ!