ގެއްލިގެން ހޯދަމުންއައި އަޙުމަދު އައިމަން. އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވާ. ފޮޓޯ: ފުލުހުން

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަންފަށައިފި!

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަންފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ދެންމެ ބުނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.

އަޙްމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަޙްމަދު އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މޫސުން ގޯސް މިދުވަސްވަރުގައި ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މިއަދު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިއަދު ބުނީ އޭނާ ވަނީ ކަޔަކެއްގައި ގއ. އަތޮޅު ރިސޯޓަކަށް ގޮސްފައި ކަމަށާ އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!