އީރާނުގެ ހާރިޖީ ވަޒީރުގެ މަޤާމަށް ކުރިން އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި ޢަލީ ބާޤްރީ ކަނީ ހަމަޖައްސަވައިފި އެވެ.
ޢަލީ ބާޤްރީ އެމަޤާމަށް ހަމަޖައްސާފައިވަނީ އެ މަޤާމުގައި ހުންނެވި ހުސައިން އަމީރު އަބްދުﷲ ހައިން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އަވަހާރަވުމާއި ގުޅިގެންނެވެ.
ހުސައިން އަމީރު އަބްދުﷲޗހައިން އާއިއެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ، އިރުމަތީ އާޒަރުބައިޖާންގެ ގަވަރުނަރ މަލިކު ރަޙުމަތީ، ތަބްރީޒީ މިސްކިތުގެ އިމާމު އަލްޙާޝިމީގެ އިތުރުން ހެލިކޮޕްޓަރުން ދަތުރު ކުރެއްވި އެންމެންވެސްވަނީ އަވަހާރަވެފައެވެ.
56 އަހަރުގެ ބާޤްރީ އަކީ 1990 ވަނަ އަހަރުން ފެށިގެން އީރާނުގެ ޚާރިޖީ ދާއިރާގައި ޙަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. އަދި 2007 ވަނަ އަހަރުން 2013 އަހަރަށް އީރާނުގެ ބާރުގަދަ ޝޫރާ މަޖިލީހުގެ ޑެޕިއުޓީ ސެކެޓްރީގެ މަޤާމުވެސް އެމަނިކުފާނުވަނީ އަދާކުރައްވާފައެވެ.
މިހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ.
އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސް ވިދާޅުވެފަ އެވެ.