ޤައުމިއްޔަތު ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރަން ފަށަނީ!

ޤައުމިއްޔަތު ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ދަރިވަރުންގެ މެދުގައި ޤައުމީލޯބި އިތުރުކުރުމަށް ވަކި މާއްދާއެއްގެ ގޮތުގައި "ޤައުމިއްޔަތު" ކިޔަވައިދޭން މިމަހު 26 ގައި ފަށާނެ ކަމަށެވެ. މިމަހު 26އަކީ މިއަހަރުގެ ދިރާސީ އައު އަހަރު ފެށޭ ދުވަހެވެ.

މި ސަރުކާރު ފެށުމާއިއެކު، ޕައިލެޓް ޕްރްގްރާމެއްގެ ގޮތުން ގްރޭޑް 4ގެ ދަރިވަރުންނަށް ޤައުމިއްޔަތު މާއްދާ ވަނީ ކިޔަވައިދީފައެވެ.

ޕައިލެޓް ޕްރޮގްރާމު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުމުން އެ މާއްދާ ދަރިވަރުންގެ މަންހަޖުގެ ތެރޭގައި ހިމެނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި ދިވެހި ބަހާއި ޤައުމިއްޔަތު ދިރުވުމަށްޓަކައި ޚާއްސަ ވުޒާރައެއް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން، ރައީސް މުޢިއްޒު ވަނީ ދިވެހި ބަހާއި ޤައުމިއްޔަތު ދިރުވުމަށްޓަކައި "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް" ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަމުގައި ވުޒާރާއެއް އުފައްދަވާފައެވެ.

advertisement
ހިޔާލު ދެއްވާ!