ކޮޅިގަނޑެއްގައި ޖެހި ދުއްވަމުންދިޔަ މަތިންދާ ބޯޓަކަށް ގެއްލުންވެ އެކަކު މަރުވެއްޖެ

ވައިގަދަވުމުގެ ސަބަބުން، ލަންޑަން އިން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ، ސިންގަޕޫރު އެއަރލައިންގެ މަތިންދާބޯޓަކަށް  ބޮޑެތި ގެއްލުން ތަކެއްވެ އެކަކު މަރުވެއްޖެއެވެ.

ބީބީސީއިން ބުނީ މިހާދިސާގައި 73 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ބޯޓަކީ ސިންގަޕޫރުގެ ދަ ސިންގަޕޫރު-ބައުންޑް ބޮއިންގ 777-300 އީއާރުގެ އެއަރލައިންއެކެވެ. އަދި މި ބޯޓު ވަނީ އެމަރަޖެންސީގައި އަނބުރާ ބެންކޮކަށް ޖައްސާފައެވެ.

ބައެއް ޕަސެންޖަރުން ބުނެފައިވަނީ ބޯޓު ކުއްލިއަކަށް ތިރިވި ކަމަށާއި އެވަގުތު ބައެއް ތަކެތި ވިއްސައިގެން ދިޔަ މަންޒަރާއި ބައެއް މީހުން މައްޗަށް އެރި މަންޒަރު ފެނުނު ކަމަށެވެ. އަދި ގިނަ މީހުން ތިބީ ސީޓް ބެލްޓުވެސް ނާޅާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ސިންގަޕޫރު އެއަރލައިން އިން ބުނީ ފްލައިޓުގައި 211 ޕަސެންޖަރުންނާއި 18 ކްރޫއިން ދަތުރުކުރަމުންދިޔަ ކަމަށާއި މަރުވި މީހާ މަރުވެފައިވަނީ ބޯޓު ކުއްލިއަކަށް ތިރިވި ގަޑީގައި ހާޓްއެޓޭކެއް ޖެހުމުުގެ ސަބަބުން ކަމަށެވެ.

މިހާދިސާއާ ގުޅިގެން މަރުވި މީހާގެ އަނބިމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށް އެއަރލައިން އިން ބުނެފައިވެއެވެ. ނަމަވެސް މަރުވި މީހާއާއި އޭނާގެ އަނބިމީހާގެ އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައިނުވެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށްވެސް ވައިގަދަ ވިއްސާރަ ދުވަސްކޮޅެކެވެ. ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން އިތުރަށް ގޯސްވާނެ ކަމަށް މެޓްއޮފީހުން މިއަދުވެސް ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!