އެޑްވާންސް އީއޯޑީ ކޯހެއް އެމްއެންޑީއެފްގައި ފަށައިފި

"އެޑްވާންސް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް" މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑްގައި މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ މިކޯސް ފެށުމަށްޓަކައި އިއްޔެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު ކަމަށެވެ.

އަދި މި ރަސްމިއްޔާތުގައި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ ހެޑް އޮފް ޓްރެއިނިންގ، ލެފްޓިނެންޓް ކާނަލް ޗަމިކަ ޖާގޮޑާ އާއި ކޯހުގެ އިންސްޓްރަކްޓަރުން ބައިވެރިވެވަޑައިގެންފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ މިކޯހަކީ އެއް މަސްދުވަހުގެ ކޯހެއް ކަމަށާއި މިއީ ލެވެލް 3 ގެ ފެންވަރު ކޯހެއް ކަމަށެވެ.

މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރައްވަނީ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުން ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މި ކޯހުގައި ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އެޑްވާންސް ފެންވަރަށް އުނގަންނައިދެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!