އެމްއެމްޕީއާރުސީގެ ޗެއަރޕާސަން ނޫރްއައިން އިސްތިއުފާ ދެއްވައިފި ކަމަށް މައުލޫމާތު ލިބިއްޖެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޗެއަރޕާޝަން ޢާއިޝާ ނޫރްއައިން އިސްތިއުފާ ދެއްވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫރްއައިން އިސްތިއުފާ ދެއްވާފައި ވަނީ މިއަދު އެވެ.

ނަމަވެސް މިކަން ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.

ނޫރައިން އިސްތިފާދެއްވާފައިވާ އިރު އެކަމަނާ ދާދި ފަހުން އިންޓަރނޭޝަނަލް މީޑިއާއަކަށް އިގިރޭސި ބަހުން ދެއްވި ބަސްތީގަތުމެއް ވަނީ ވަރަށް ބޮޑަށް ވައިރަލްވެ ތައުރީފުލިބިފަ އެވެ.

އެކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެއާއެކު އެކަމަނާ ރަސްމީ ދަތުރުތަކުގައި ބައިވެރި ނުކުރުމަށް މިނިސްޓަރު އެންގެވި ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!