އެޗްޑީސީގެ ސީއީއޯ އަދި ބޯޑު މެމްބަރު ޒުހޫރު މަގާމުން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމާއި ބޯޑު މެމްބަރުގެ މަގާމުން ޒުހޫރު ވަކިކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާޕާސަންގެ މަގާމަށް ޒުހޫރު ހަމަޖެއްސީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މީގެ ކުރިން ޒުހޫރުވަނީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، ޔޫތު މިނިސްޓަރު، ހެލްތު މިނިސްޓަރު އަދި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޒުހޫރަކީ ރައީސް އޮފީހުގައި މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

advertisement
ހިޔާލު ދެއްވާ!