ގިރިފުށި

ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ ސަމާލުވުމަށް އެދިއްޖެ

ކ.ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް  ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިލްތިމާސްކޮށްފިއެވެ.

މި ތަމްރީނުތައް ކުރިޔަށް ގެންދާތީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ 18:15 އިން 21:00 އަށް ކ.ގިރިފުށީގައި އަސްކަރީ ތަމްރީނު ތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކަށް ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

  1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :  ރައިފަލް

  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 3000 މީޓަރު

  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300  މީޓަރު

  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ. ލެވެލް

  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:  ކ. ގިރިފުށިން ހުޅަނގު ދެކުނަށް

އެހެންކަމުން، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!