ރިސޯޓު މުބާރާތަށް ގެނައި ބަދަލާމެދު ރިސޯޓުތަކާއި ވޮލީގެ ސަޕޯޓަރުން ހިތްހަމަ ޖެހޭ!

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރިސޯޓް ވޮލީބޯޅަ މުބާރާތަށް މިފަހަރު ގެނައި ބަދަލާމެދު ހިތްހަމަ ޖެހޭކަން ރިސޯޓުތަކާއި ވޮލީގެ ސަޕޯޓަރުން ހާމަކޮށްފިއެވެ.

މީގެ ކުރިން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންގެ ކެޓަގަރީ ތަކަށް ބަހާލައި އެލީޓް ލިސްޓެއް އޮވެއެވެ. އެގޮތުން ނިމިދިޔަ ހުރިހާ އަހަރެއްގައި  ގައުމީޓީމަށް ކުޅޭ ދެ ކުޅުންތެރިންނަށް ރިސޯޓު މުބާރާތުގައި ކުޅެވޭ ގޮތަށް އޮވެއެވެ.

އާ މެނޭޖްމަންޓް އެސޯސިއޭޝަނާއި ހަވާލުވުމަށްފަހު ރިސޯޓް މުބާރާތް ކުރިޔަށް ގެންދާނެ ގޮތަކާމެދު ރިސޯޓުތަކުގެ ވިސްނުން ހޯދުމަށް ސާވޭއެއް ކުރިޔަށް ގެންދިޔައެވެ.

އެގޮތުން ސާވޭގައި ބައިވެރިވި ގިނަ ރިސޯޓުތަކުން ބުނެފައިވަނީ ރިސޯޓުގެ ވަޒީފާގައި ނޫޅޭ ދެކުޅުން ތެރިންގެ ބަދަލުގައި  އެއް ކުޅުންތެރިޔަކަށް ކުޅެވޭ ގޮތް ހެދުމަކީ ފެންނަ ކަމެއްގެ ގޮތުގައެވެ.

އެހެންވެ، މިފަހަރުގެ ރިސޯޓު މުބާރާތުގެ ގަވާއިދަށް ވަނީ މި ބަދަލު ގެނެސްފައެވެ. އަދި މުބާރާތް ހޯސްޓް ކުރާ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ވެސް މިއަހަރު ވަނީ ދައްކަން ނުޖެހޭ ގޮތަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ފަންސާސް ހާސް ދިނުމަށް ވެސް ވީއޭއެމް އިން ވަނީ ނިންމާފައެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ވީއޭއެމްއިން ނިންމާފައިވަނީ މި އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. މި މުބާރާތުގައި ބައިވެރިވުުގެ ފުރުސަތު މާދަމާގެ މެންދުރު ފަހު 14:00 އާ ހަމަ އަށް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން [email protected] މެއިލް ކުރުމަށް ވީއޭއެމް އިން ވަނީ އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!