ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ސަސްޕެންޑްކޮށްފިއެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅޭ ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.
ވަޖުދީ މަގާމުން އެކަހެރިކޮށްފައިވާއިރު، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ވަނީ މަގާމުގެ މަސްޢޫލިއްޔަތުތަކުން ދުރުކޮށްފައެވެ.
އެމީހުން ސަސްޕެންޑް ކޮށްފައިވަނީ އިންޑިއާއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރުމުގެ ސަބަބުންނެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ސިޔާސީ ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަން ބަލައި ރައީސް ރޑ. މުއިޢްޒު ގެންދަވަނީ މޫނަކަށް ކަނދުރާ އަކަށް ނުބައްލަވައި އެބޭފުޅުންނާ މެދު ފިޔަވަޅު އަޅުއްވަމުން ކަން ފާހަގަ ކޮށްލެވެއެވެ.