ގެނބުނު ފަތުރުވެރިޔަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ

އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު މަރުވީ އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެމީހާ ސަލާމަތްކުރަން މޫދަށް ފޭބި 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާއަށް ދަނގެތި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

ނަމަވެސް ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތުދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މަރުވީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫއަށް އުފަން އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ނިޔާވެފައިވަނީ ފަތުރުވެރިޔާ ސަލާމަތް ކުރަން މޫދަށް ފުންމާލުމުން ގެނބިގެންނެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

advertisement
ހިޔާލު ދެއްވާ!