އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބު އަވަސްކޮށް, ޖުލައި މަހު ބާއްވަން ނިންމައިފި

އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބު އަވަސްކޮށް ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ސުނަކް ވިދާޅުވީ މި އިންތިހާބު ބާއްވަން ނިންމާފައިވަނީ ޖުލައި މަހުގެ 4ވަނަ ދުވަހު ކަމަށެވެ.

އަދި އިންތިޚާބުގައި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދެވޭނެ ކަމުގައި ސުނާކް ވިދާޅުވިއެވެ.

ސުނަކު ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ރައްޔިތުން އެ މީހުންގެ ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ނިންމަންވީ ވަގުތު ކަމަށާއި ނިންމަންވީ އަޅުގަނޑުމެން [ކޮންޒަރވެޓިވް ޕާޓީން] ގެނެސްދެމުންދާ ކުރިއެރުމާ އެކު ކުރިއަށް ދިއުމަށްތޯ ނުވަތަ ނޫންތޯ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ވޯޓެއް ހޯދުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުންގެ އިތުބާރު ހޯދާނެ ކަމަށެވެ.

އަދި ކޮންޒަރވެޓިކް ޕާޓީން ހޯދައިދީފައިވާ އިޤުތިޞާދީ ކުރިއެރުމާއި ހަމަޖެހުން ހުއްޓުވިޔަ ނުދޭނެ ކަން ސާބިތު ކޮށްދޭނެ ކަމަށެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ވެރިޔާ ކީރް ސްޓާމަރ އަކީ ހިހޫތަނުން ފަރިއްކުޅުވައި އެއްވެސް ރޭވުންތެރި ކަމެއް ނެތް ބޭފުޅެއް ކަމަށާއި ސްޓާމަރގެ ވެރިކަމެއްގައި ޤައުމުގެ ކުރިމަގު އޮންނާނެ ގޮތް ވަޒަން ކުރަން ނޭނގޭ ކަމުގައި ވެސް ސުނަކް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!