ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް

ށަވިޔަނިން ފެށޭ ބަސް އުފައްދަން އުޅޭ ކަމަށްބުނެ ފަތުރަނީ ދޮގެއް: ވަޒީރު

ށަވިޔަނިން ފެށޭ ބަސް އުފައްދަން އުޅޭ ކަމަށްބުނެ މީޑިއާގައި ފަތުރަނީ ދޮގެއް ކަމަށް ދިވެހިބަހާ ސަޤާފަތާ ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބުރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ ށ. ފެށޭ 5 ބަހެއް މުއިއްޒުގެ ސަރުކާރުގައި އުފައްދާނެ ކަމަށް ވަޒީރު ވިދާޅުވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައި އޮތް ލިޔުމާއި ގުޅިގެން ނޫސްވެރިޔާ ޝަފްރާޒް އަޙުމަދު އެމަނިކުފާނަށް މެސެޖްކޮށް، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަފްރާޒްގެ ސުވާލަށް ޖަވާބުދެއްވާ ވަޒީރު ވިދާޅުވީ ށަވިޔަނިން ނަމެއް އުފެއްދުމަކީ އެއްވެސް މާނައެއް ހުރި ކަމެއްނޫން ކަމަށެވެ. ސަބަބެއްކަމުގައި ވަޒީރު ވިދާޅުވީ ށަވިޔަނީގެ އަޑަކީ ލަފުޒެއްގެ ފެށުމަށް ދުލުން  އުފައްދަން ދަތި އަޑަކަށްވާތީ ކަމަށެވެ. އަދި އެއީ ޤުދުރަތީ ކަމެއް ކަމަށާ އެހެންކަމުން ށަވިޔަނިން ލަފުޒެއް އުފެއްދުމަކީ އެއްވެސް ގޮތަކަށް އެމަނިކުފާނަށް ގަބޫލުކުރެއްވޭ އަދި ތަރުޙީބު ދެއްވާ ކަމެއް ނޫން ކަމަށް ވެސް ވަޒީރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ފާސިޤަކު ޚަބަރެއް ހިފައިގެން އައިމާ މުސްލިމުން ކަންތައް ކުރަންވީ ގޮތް ކީރިތި ޤުރުއާނުގައި އޮންނަ ކަމަށެވެ.

"އެ ފަތުރަނީ ކަނޑައެޅިގެން ދޮގު" ވަޒީރު އާދަމް ނަސީރު ވިދާޅުވެފައިވެއެވެ.

މިވާހަކަތައް މީސްމީޑިއާގައި ހިއްސާ ކުރަމުން ނޫސްވެރިޔާ ޝަފްރާޒް ބުނެފައިވަނީ ށަވިޔަނިން ފެށޭ ބަސް ހަދާ ވާހަކަ ގެނެސްދީފައިވަނީ "ފޭކް ނިއުސް" ގެނެސްދޭ ވެބްސައިޓަކުން ކަމަށާ އެ ދަލުގައި، 5 އަހަރު ވަޒީރުކަން ކުރެއްވި ކުރީގެ ހެރިޓޭޖް މިނިސްޓަރާ ބަހުގެ މުފައްކިރުން ޖެހިފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!