ޒީނާޒް އަދުނާން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް އަދުނާން އައްޔަން ކުރައްވައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

އެކަމަނާއަކީ ލޯކަލް ކައުންސިލްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރުގެ އަނބިކަނބަލުންނެވެ. ދާދި ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވަނީ ޒީނާޒް ވާދަކުރައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޒީނާޒް ޖެންޑަރ މިނިސްޓްރީގެ ސީއީއޯގެ މަގާމު އަދާކުރެއްވިއިރު، އަންހެނުން ބާރުވެރި ކުރުމަށް އަމާޒުކޮށްގެން އުފެއްދި އެންޖީއޯއެއްވެސް ހިންގާކަމަށް މައުލޫމާތު ލިބެއެވެ.

advertisement
ހިޔާލު ދެއްވާ!