އައިޖީއެމްއެޗް.. ފޮޓޯ: ޕީއެސްއެމް

ކަނޑުމަތިން އޮޔާ ދިޔަ މީހާ ހޮސްޕިޓަަލަށް ގެނައިރުވެސްވަނީ ނިޔާވެފައި: އައިޖީއެމްއެޗް

ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް ނަގައިގެން ގެނައި މީހާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އޮޔާ ދަނިކޮށް ނަގައިގެން ގެނެސްފައިވަނީ އަންހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ނިޔާވެފައިވާ ކަމަށެވެ. އެއީ ދިވެހި އަންހެނެއްކަން ނުވަތަ ބިދޭސީއެއްކަން އަދި ޔަގީން ނުކުރެވޭ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެކަން ޔަގީންކުރެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ކަނޑުމަތިން މީހަކު އޮޔާދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:35 ގައި ކަަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އެމީހާގެ ހަށިގަނޑު މާލެ ގެނައީ ޑިންގީއަކަށް އަރުވައިގެންނެވެ.

ރާއްޖެއަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ނުކުރުމަށް ސަލާމަތީ ބާރުތަކާއި މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިގަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާއިތުވި ދެދުވަހު މޫދަށް އެރި އުޅުނު ދެމީހަކު ވަނީ ނިޔާވެފައިކަން ފާހަގަ ކޮށްލެވެއެވެ.

advertisement
ހިޔާލު ދެއްވާ!