އިކޮނޮމިކް މިނިސްޓަރ ސަޢީދު ފޮޓޯ: މިއަދު

ފުނަދޫއާއި މާލެ އަދި ހުޅުލެ ގުޅާލަނީ ސިންގަލް ޓްރެކް މޮނޮރެއިލްއަކުން: ވަޒީރު މުޙައްމަދު ސަޢީދު

ފުނަދޫ އާއި މާލެ އަދި ހުޅުލެ ގުޅާލަނީ ސިންގަލް ޓްރެކް މޮނޮރެއިލްއަކުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ އެ މަސައްކަތްތަށް ފައިނޭންސް ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައވާ ފުނަދޫ އާއި މާލެ ސިޓީ އަދި ހުޅުލެ މޮނޮރެއިލް އަކުން ގުޅާލުމުގެ މަސައްކަތަށް ފައިނޭންސް ކުރުމަށް އިންޓަރނޭޝަނަލް ފްރީޒން އޮތޯރިޓީއާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ފުނަދޫ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެރަށުގައި މިހާރު ހުރި ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެމަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ފުނަދޫގައި ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އުފައްދަވާފައެވެ.

advertisement
ހިޔާލު ދެއްވާ!