ސާދަ އަހަރުގެ ކުއްޖަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެެ!

ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) މިހާރު ދިރިއުޅޭ އެޑްރެސް: ވ. ނާލިސް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފޭސްބުކްގައި ފުލުހުން ޝެއާ ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ޒޯޔާ މެއި 21 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ވެފައި ނުވާތީ ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޒޯޔާ އެންމެފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިންނެވެ.

ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!