ގދ.މަޑަވެލީގައި ޤާއިމުވެފައިވާ މުއައްސަސާތަކާއި ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް "ފަން ގާރޑަން"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް މަޑަވެލި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވައިފިއެވެ.
ގދ.މަޑަވެލީގައި ކުޑަ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް މަޑަވެލީ ކައުންސިލުން އިސްނަގައިގެން މުވައްސަސާތަކާ ގުޅިގެން އިއްޔެ ހަވީރު ކުރިޔަށް ދިޔަ ކުޑަ ކުދިންގެ ހަވީރުގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިޙަތު ޤުދުރަތުﷲ އާއި ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސަޢުދު އަލީގެ އިތުރުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ އިއްޔެ ކުރިޔަށް ދިޔަ މިހަވީރަކީ ކުޑަކުދިން ވަރަށް ގަޔާވި އެކުދިންނަށް ހިތްހަމަ ޖެހުން ގެނުވި ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.
މި ކުޑަކުދިންގެ ހަވީރު ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިޔުމަށް އަތޮޅު ކައުންސިލާއި ފުލުހުންނާއި، މަޑަވެލި ކޮމިއުނިޓީ ސެންޓަރާއި، ފެނަކަ މަޑަވެލި ބްރާންޗް އާއި، ދިރާގާއި، މަޑަވެލި ހެލްތް ސެންޓަރުގެ އިތުރުން މަޑަވެލި ސްކޫލުގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.