ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީ ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ރޭގެ ވަގުތެއްގައި ތ. މަޑިފުށި / ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ) ފެނިފައިވަނީ މާލެއިންނެވެ. އަދި ހަމަ މީގެ އިތުރުން ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޒޯޔާ ގެއްލިގެން ހޯދަން ފެށީ 21 މެއިން ފެށިގެން އާއިލާއަށް ހަބަރެއް ނުވުމާއި ގުޅިގެން އާއިލާއިން ރިޕޯޓު ކުރުމުންނެވެ.