މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް

އެގާރަ ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރަން މިފްކޯއާ ހަވާލުކޮށްފި!

އެގާރަ ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރަން މިފްކޯއާ ހަވާލުކޮށްފިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރެއްވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންތް ގާއިމި ކުރަން މަސްވެރިކަމާބެހޭ ސަރުކާރުގެ ކުންފުނި، މިފްކޯއާ ހަވާލު ކުރައްވާފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެގޮތުން އައިސްޕްލާންޓް ގާއިމިކުރަން ހަމަޖައްސަވާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށީ، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. މީދޫ، ދ. ބަނޑިދޫ އަދި ގދ. ރަތަފަންދޫއެވެ.

މި އައިސްޕްލާންޓްތަކުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފަހުކޮޅުގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ މަސައްކަތްތައް މިހާރު ވަނީ ޓެންޑަރ މަރުޙަލާގައި ކަމަށާ މީގެތެރެއިން ފަސް ޕްލާންޓަށް ފަންޑް ހަމަޖެހިފައިވަނީ ސައޫދީ ފަންޑް ފޯ ޑިވޮލޮޕްމެންޓުން ކަމަށާ ބާކީ އައިސްޕްލާންޓް ތަކުގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!