ހެންވޭރު ބުރެވި މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަދި މިހާރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު 16:35 ގައި ކުރެވުނު ރިޕޯޓަކާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެތަނަށް ގޮސް 17:14 ހާއިރު އަލިފާން ނިއްވާލާފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނެތެވެ.
މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.