އެމެރިކާ ސިފައިން ޣައްޒާގައި އަޅަމުންދާ ފާލަމުގެ މަސައްކަތުގައި

ދިވެހިންގެ އެހީގެ އިތުރު ދެ ޓްރަކް އައްޒާއަށް

ދިވެހިންގެ އެހީގެ އިތުރު ދެ ޓްރަކް މިއަދާއި މާދަމާ އައްޒާއަށް ވަންނާނެ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

ދިވެހިންގެ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ޖަމިއްޔާ އެއް ކަމަށްވާ އައިއޭސީ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކަރިމް ޝަލޮމް ބޯޑާރ އަދި އުތުރު އައްޒާގެ އެރެޒް ކޮރޮސިން އިން އައްޒާއަށް އެހީގެ ޓްރަކްތަށް މިހާރު ވަނީ އެތެރެވެފައި ކަމަށެވެ.

އެގޮތުން ބޯޑާރ ހުޅުވުމާއިއެކު ކަރިމް ޝަލޮމް ބޯޑަރއިން މިއަދު 143 ޓްރަކް އަދި ކޮމާޝަލް ބޭނުމަށް ބޭނުންކުރާ 201 ވެހިކަލް އެތެރެވެފައިވާ ކަމަށް އައިއޭސީން ބުނެފައިވެއެވެ.

އަދި މިއަދާއި މާދަމާ ގާތްގަނޑަކަށް 300 އެއްހާ އެހީގެ ޓްރަކަށް އައްޒާއަށް އެތެރެވެވޭނެ ކަމަށްވެސް އައިއޭސީން ލަފާކުރެއެވެ.

އައިއޭސީން ބުނީ އޭގެ ތެރޭގައި ދިވެހިންގެ އެހީ ހިމެނޭ 40 ފޫޓުގެ އެހީގެ 2 ޓްރަކް ހިމެނިގެންދާނެ ކަމަށެވެ.

ރަފާހް ބޯޑާރއާއި ކަރީމް ޝަލޮމް ބޯޑަރ ބަންދުކޮށްފައި ވަނިކޮށް އުތުރު އައްޒާގެ އެރެޒް ކޮރޮސިން އިން 2 ޓްރަކްގެ އެހީ އެތެރެ ކުރެވިފައިވާ ކަމަށާއި އެހީ ބެހެންވެސް ވަނީ ފެށިފަކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނީ އުއްމީދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދެވި، ނަޞްރު ލިބުން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!