ދިވެހިންގެ އެހީގައި ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފި

އިޒްރޭއީލްއިން ދެމުންދާ ހަމަލާތަކުގައި ސުންނާފަތިވަމުން އަންނަ ފަލަސްތީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފި އެވެ.

އެހީ ފޯރުކޮށްދޭ ޖަމާއަތެއްކަމަށްވާ "ޚިދުމަތް" ޖަމިއްޔާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއީ ޝުކުރުވެރިކަމާއި އުފަލުން ފުރިގެންވާ މަންޒަރެއް ކަމަށެވެ.

އަދި ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު މިއަދުވެސް އެޖަމިއްޔާއިން މިވަނީ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ނަދާ، އަނިޔާވެރިންގެ ބިރުވެރި ހަމަލާތަކުން ސަލާމަތްކޮށް، ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ކުރި ދަތުރު ހަޤީޤަތަކަށް ހަދާދެވިފައި ކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމުން ނަދާއަށް ތިޔަ ދައްކުވައިދިނީ، އަހަރުމެން އެއްމެންނަކީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށް އެކުލެވިގެންވާ އެއްއުއްމަތެއް ކަމެވެ. ނަދާއަށް މިއަދު މި ދޮންވެލި ގޮނޑުދޮށްތަކުގެ ހިމޭންކަމުން މަރުޙަބާ މިކިޔަނީ، އަޅުގަނޑުމެންގެ އަމިއްލަ ލޭ ހިނގާ އުޚްތަކަށް މަރުޙަބާ ކިޔާނެ ލޯތްބާއި އޯގާތެރިކަމާއި އެކުގައެވެ"

އެޖަމިއްޔާއިން ބުނީ މިއަދު ނަދާއާއިއެކު މިއުފާވެރިކަމުގައި ނަދާގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އެހީތެރިވެދެއްވި ކޮންމެ ދިވެހި ރައްޔިތެއްގެ ބައިވެރިވުން ހިމެނޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

އަދި އެޖަމިއްޔާގެ ދުޢާއަކީ ނަދާގެ އުފަންރަށް ފަލަސްތީނު އަނިޔާވެރިންގެ ކިބައިން މިނިވަންވެގެން ދިއުން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް ފަލަސްތީނުގެ އައްޒާގެ އާއިލާއެއް ދިވެހިންގެ އެހީގައި ރާއްޖެ ގެނެސްފައިވެއެވެ. އެފަހަރު ރާއްޖެ ގެނެސްފައިވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާއެވެ.

advertisement
ހިޔާލު ދެއްވާ!