ޔަހޫދީންގެ ޢުދްވާނިއްޔަތާއި ދުޝްމަންކަމަކީ އައު ކަމެއްނޫނެވެ. ކީރިތި ޤުރްއާނުގައި ޔަހޫދީންގެ ވާހަކަތައް ސީދާކޮށްނާއި ނުސީދާކޮށް ސަތޭކަ ތިރީހަކަށް ފަހަރަށްވުރެ ގިނައިން އައިސްފައިވެއެވެ. މިފަދަ ވާހަކަތައް އޮޅުވައިލުމަށް މިއަދު ވެސް އެމީހުން މަސައްކަތްކުރެއެވެ. ސިންގަޕޫރުގައި ހުންނަ އިސްރާއީލު އެންބެސީން ނެރުނު ބަޔާނެއްގައި ޔަހޫދީންގެ މޮޅު ވާހަކަ ބަޔާންކުރަންވެގެން ބުނިގޮތުގައި އެމީހުންގެ ވާހަކަ ޤުރްއާނުގައި އައިސްފައިވާލެއް މާގިނައެވެ. މި ބަޔާނުގައި މުސްލިމުންނަށް އޮޅުވައިލަންވެގެން އެއީ "ނުބައި ވާހަކަ" ކަމަކަށް ނުބުނެއެވެ. ސިންގަޕޫރުގެ މުސްލިމުން މިކަމާ ދެކޮޅުހަދައިފާނެތީ ބިރުން ސިންގަޕޫރު ސަރުކާރުން އިސްރާއީލު އެންބެސީއަށް އެ ވާހަކަތައް މީސްމީޑިޔާގެ އޮޅިތަކުން ވަގުތުން ނެގުމަށް އަމުރުކުރިއެވެ.
އެމީހުންގެ މަކަރާއިހީލަތުގެ ބާވަތްތަކާއި އޮޅުވައިލުމުގެ ތަފާތު ފަންނުތައް ކީރިތި ޤުރްއާނުގައި ވާރިދުވެފައިވެއެވެ. އެމީހުންނަށް މަކަރާއި ހީލަތާއި އޮޅުވައިލުމުގެ ތެރެއިން އެމީހުންގެ ނުބައި ނުލަފާ ރޭވުންތައް ކުރިއަށް ނުގެންދެވިއްޖެނަމަ ދެން އެނބުރިގަންނާނީ ހަރުކަށި ޢަމަލުތަކަށާއި ޤަތުލުއާންމުތަކަށެވެ. އެމީހުން ވަނީ މާތްﷲ އެމީހުންނަށް ހިދާޔަތު ދެއްކެވުމަށް ފޮނުއްވި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ޤަތުލުކޮށްފައެވެ.
އިބްނު މަސްޢޫދު رضي الله عنه އާ ޙަވާލާދީ މަޝްހޫރު ބޮޑެތި ތަފްސީރު ފޮތްތައް ބުނާގޮތުގައި އެމީހުން އެއްދުވަހެއްގެ ހެދުނުގެ ވަގުތުގައި 300 ނަބީބޭކަލުން ޤަތުކޮށްފައި ވެއެވެ. އަދި އެކަން ފާހަގަކުރުމަށްޓަކައި އެ ދުވަހު ހަވީރު ގޮވާމުގެ ބާޒާރެއް ޤާއިމު ކުރިއެވެ. އެމީހުން ޤަތުލުކުރި ރަސޫލުންގެ ތެރޭގައި ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން ޔަޙްޔާގެފާނު ވެއެވެ. ޒަކަރިއްޔާގެފާނު ޤަތުލުކޮށްފައި ވަނީ އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅު ބޮޑު ކީހުން ކީހައިލައިގެންނެވެ. އެމީހުން ޢީސާގެފާނު ޤަތުލުކުރެވޭތޯ މަސައްކަތް ކުރިއެވެ. މި އުންމަތުގެ މާތް ރަސޫލާ އަވަހާރަކޮށްލަން އެތައް ފަހަރަކު މަތިން މަސައްކަތްކޮށްފައި ވެއެވެ. އެކަލޭގެފާނަށް ސިޙްރު ހަދައިފައިވެއެވެ. ވިހަލައިގެން ފިހެފައިވާ ކަންބަޅިއެއް ރަސޫލާއަށް ހަދިޔާކޮށް އެކަލޭގެފާނު އަވަހާރަކޮށްލެވޭތޯ މަސައްކަތްކުރިއެވެ.
އެމީހުންގެ ސިފަތަކުގެ ތެރެއިން ކީރިތި ޤުރްއާނުގައި އައިސްފައިވާ ސިފަތަކުގެ ތެރެއިން ބައެއް ސިފަތައް ދަންނަވައިލާނަމެވެ.
1- ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ޤަތުލުކުރުން.
2- ބިމުގައި ފަސާދަ ފަތުރަން މަސައްކަތްކުރުން. ޔަހޫދީން މި ބިމުގައި ފާޅުވިފަހުން ޔަހޫދީންނަށްވުރެ ނުބައި ބައެއް މި ދުނިޔެ ދެކެފައެއް ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {كُلَّمَا أَوْقَدُوا نَارًا لِلْحَرْبِ أَطْفَأَهَا اللَّهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا وَاللَّهُ لَا يُحِبُّ الْمُفْسِدِينَ} [1] "އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، ފަސާދަކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." ޔަހޫދީން ވަނީ ލޭއޮހުރުވައިފައެވެ. ތަންތަން ތަޅައި ސުންނާފަތިކޮށްފައެވެ. ދަނޑުފަނގުތަކާއި ނަޢަމުސޫފިތައް ޚަރާބުކޮށްފައެވެ. ފަސާދައިގެ މަގުތަކުންކުރެ އެމީހުން އެ މަގެއްގައި ނުހިނގާ ހަމަ އެންމެ މަގެއްނެތެވެ. އެމީހުންގެ ވަންހަނާ ސިއްރުބަސްތަކުގެ ތެރޭގައި ވެއެވެ. "އަހުރެމެންނަކީ ކަލާނގެ ޤަބޫލުކުރާ ދީންވެރި އަޚްލާޤުވެރި ބަޔަކީމުއެވެ. އެހެނަސް ޔަހޫދީ ނޫން މުޖްތަމަޢުތަކުގައި ބަދުއަޚްލާޤު ފަތުރަން މަސައްކަތްކުރަންވާނެއެވެ. އެ މުޖްތަމަޢުތައް ފަސާދަކޮށް ކާފަރުކުރަން ބާރުލައި މަސައްކަތް ކުރަންވާނެއެވެ."
3- ޖަރީމާތައް ހިންގުމާއި އޭގެ މަތީގައި ޙަޔާތް ބިނާކުރުމާއި އެފަދަ ޖަރީމާތައް ހިންގައިގެން އެއިން ފޮނިމީރުކަން ލިބިގަތުމާއި ޖަރީމާތަކުން ލިބޭ ޣަނީމާތަކުން ކައިއުޅުން. ޔަހޫދީންނަކީ ވަލުޖަނަވާރުންގެ ޢަމަލުތައް ހިންގާ ޖަމާޢަތެކެވެ. އެމީހުންނަށް ދައުލަތެއް ކިޔާނެއް ނެތެވެ. މިހެންވެ އެމީހުން ފެތުރިގަތީ މުޖްތަމަޢުތައް ހަލާކުކުރުމަށެވެ. މުޖްތަމަޢުތަކުގައި ފިތުނަފަސާދަ އުފައްދައިގެންނެވެ. ﷲ ތަޢާލާ ވަނީ އެމީހުންނަށް މާރާމާރީތައް ހިންގުމާ ދުރުހެލިވުމަށް އަންގަވައިފައެވެ. ޤާބީލު އޭނާގެ ކޮއްކޮ ހާބީލް މަރައިލި ވާހަކައާ ވިދިގެން މާތް ﷲ ވަޙީކުރެއްވިއެވެ. {مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ} [2] "އެކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، ބަޔާން ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި އިސްރާފު ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، ކާފިރު ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ."
4- މުސްލިމުންނަށް ޢަދާވަތްތެރިކަމާއި ޙަސަދަވެރިކަން އިންތިހާއަށް ބޮޑުވެގެންވާ ބަޔަކު ކަމުގައި ވުން. މާތް ﷲ ވަޙީކުރެއްވިއެވެ. {لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا }[3] "އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." މާތްﷲ ރަޙްމަތްލެއްވި އައްރާޒީ ވިދާޅުވިއެވެ "މާތް ﷲ މި އާޔަތުގައި މި އަންގަވަނީ ޔަހޫދީންނަކީ މުސްލިމުންނަށް ވަރަށް ޢަދާވަތްތެރި ބައެކެވެ. އެއީ މުޝްރިކުންފަދަ ބައެކެވެ. މުޝްރިކުންނަށްވުރެ ކުރިން ޔަހޫދީންގެ ވާހަކަ ގެންނެވުމުން ޢަދާވަތްތެރިކަން އެންމެ ބޮޑު ބަޔަކީ ޔަހޫދީންކަން އެނގެއެވެ. މާތްﷲ އެބައިމީހުންނަށް ހެވަކަށް އިރާދަކުރައްވާފައިވާނަމަ އެމީހުން ޙައްޤަށް ތަބާވާ ބަޔަކު ކަމުގައި ލެއްވެވީހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. {لو آمَنَ بي عَشَرةٌ مِن أحبارِ اليَهودِ؛ لآمَنَ بي كُلُّ يَهوديٍّ على وَجْهِ الأرضِ}[4] "ޔަހޫދީ ޢިލްމުވެރީންގެ ތެރެއިން ދިހަ މީހުން ތިމަންކަލޭގެފާނަށް އީމާންވިނަމަ މި ބިމުގައި އުޅޭ ހުރިހާ ޔަހޫދީން ތިމަންކަލޭގެފާނަށް އީމާންވާނެތެވެ." އެހެނަސް އެމީހުންގެ ބޯހަރުކަމާއި ޙަސަދަވެރިކަމާއި ނީހައިގެ ސަބަބުން އެމީހުން ރަސޫލާ ދޮގުކުރީއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. {إن اليهودَ قومٌ حُسُدٌ حسدوكم على ثلاثةٍ إفشاءِ السلامِ وإقامةِ الصفِّ وآمينَ} [5] "ހަމަކަށަވަރުން ޔަހޫދީންނަކީ ޙަސަދަވެރިކަން ބޮޑު ބަޔެކެވެ. އެބައިމީހުން ތިން ކަމަކާހެދި ތިޔަބައިމީހުންނަށް ޙަސަދަވެރިވޫއެވެ.އެއީ ސަލާންފެތުރުމާއި ނަމާދުގައި ސަފުހެދުމާއި އާމީން ކިޔުމެވެ."
5- ޢަހްދުކަށަވަރުތަކާ ޚިލާފުވުމާއި މުޢާހަދާތައް އުވާލައި ބާޠިލުކުރުމާއި ވަޢުދާ ޚިލާފުވުން. ޔަހޫދީންނަކީ ޚިޔާނާތުގެމަތީގައި ބޮޑުވެ ތަރުބިޔަތު ލިބިފައިވާ ބަޔެކެވެ. އެމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފައިވަނީ ދޭތެރެޖެއްސުމާއި ކުޓުވުމާއި މަކަރާއި ޙީލަތުގެ ތައްގަނޑުތަކުންނެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. {أَوَ كُلَّمَا عَاهَدُوا عَهْدًا نَبَذَهُ فَرِيقٌ مِنْهُمْ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ}[6] "އެއުރެން ޢަހުދެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ ޢަހުދު އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން އީމާނެއް ނުވެތެވެ" އެހެން ބަސްފުޅެއްގައި ވެއެވެ. {الَّذِينَ عَاهَدْتَ مِنْهُمْ ثُمَّ يَنْقُضُونَ عَهْدَهُمْ فِي كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ} [7] "އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ ޢަހުދުކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން، އެއުރެންގެ ޢަހުދު އުވާލައެވެ. އަދި އެއުރެން (اللَّه އަށް) ބިރުވެތިވާކަމުގައި ނުވެތެވެ." އެމީހުން ހަދައިގެން އުޅޭ އެމީހުންގެ މުޤައްދަސް ފޮތް ތަލްމޫދުގައި އައިސްފައި ވެއެވެ. "ތިބާގެ ގާތަށް ޔަހޫދީއަކާއި ޔަހޫދީނޫން މީހަކު ދަޢުވާއަކާއިގެން އަތުވެއްޖެނަމަ ތިބާ ޔަހޫދީ މީހާއާ އެއްކޮޅަށް މަސްއަލަ ނިންމާށެވެ! ތިބާ ޔަހޫދީނޫންމީހާ މޮޅުވިޔަނުދޭށެވެ!" އެހެންވީމާ މުސްލިމުން ޔަހޫދީންނަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނާއެކު ކުރާ މުޢާހަދާތަކަށް އެމީހުންް އަމަލުކުރާނެކަމުގެ އެއްވެސް ޖާމިނުވުމެއް އެބަ އޮތްހެއްޔެވެ
6- ޚިޔާނާތްތެރިވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. {وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللَّهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللَّهُ عَلِيمٌ حَكِيمٌ} [8] "އަދި އެއުރެން އެދެނީ ކަލޭގެފާނަށް ޚިޔާނާތްތެރިވުން ކަމުގައިވާނަމަ، (ދަންނާށެވެ!) ފަހެ، އޭގެކުރިން ހަމަކަށަވަރުން، އެއުރެން اللَّه އަށް ޚިޔާނާތްތެރިވިއެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ." ކީރިތި ޤުރްއާނުގައި އައިސްފައިވާ އެމީހުންގެ ސިފަތަކުގެ ތެރޭގައި ވެއެވެ. {لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ}[9] "އަދި އީމާންވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެއުރެންގެ ޝައިޠާނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ."
7- އެމީހުންގެ ޚިޔާނާތުގެ ތެރޭގައި އަމާނާތަށް އިންކާރުކުރުން ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "وَمِنْ أَهْلِ الْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنْطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَنْ إِنْ تَأْمَنْهُ بِدِينَارٍ لَا يُؤَدِّهِ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَائِمًا ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ} [10] "ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ އަމާނާތް ޙަވާލުކުރައްވައިފިނަމަ، އެ އަމާނާތް ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ އަހުލުވެރިންގެ ތެރެއިން[11]ވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ އަމާނާތް ޙަވާލުކުރައްވައިފިނަމަ، (އެ އަމާނާތް އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު ޤާއިމވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ އަމާނާތް ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިން[12]ވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ އުއްމިއްޔުންނާ މެދުގައި، (އެބަހީ: ޢަރަބީންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ." ޔަހޫދީންގެ ޙިކްމަތްތެރިންގެ ޕްރޮޓްކޯލްތައް ބުނާގޮތުގައި "ޔަހޫދީން އެހެން މީހުންނާއެކު ކުރާ މުޢާމަލާތުތަކުގައި ރިޝްވަތު ކެއުމާއި މަކަރުހެދުމާއި ޚިޔާނާތްތަރިވުމާ ދުރުހެލިވާކަށް ނުޖެހޭނެއެވެ."
8- ދޮގުހެދުމާއި ފޯޖުކުރުމާއި ޙަރާން މުދާ ކެއުން. މާތް ﷲ ވަޙީކުރެއްވިއެވެ. {سَمَّٰعُونَ لِلْكَذِبِ سَمَّٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ}[13] "އެއުރެންނަކީ ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެންބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. (توراة ގެ) كلمة ތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ." ޔަހޫދީންގެ ތެރެއިން އިސްލާންވެވަޑައިގެންނެވި ޢަބްދުﷲ ބިން ސަލާމް – رضي الله عنه – ކައު ރަސޫލާއަށް ދެންނެވިއެވެ. {إِنَّ الْيَهُودَ قَوْمٌ بُهُتٌ}[14] "ހަމަކަށަވަރުން ޔަހޫދީންނަކީ ބުހުތާން ދޮގުވެރި ބަޔެކެވެ."
ބުޚާރީއާއި މުސްލިމު ރިވާކުރައްވައިފައިވާ ގޮތުގައި އެއްދުވަހަކު ޔަހޫދީންގެ ބަޔަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ޔަހޫދީ އަންހެނަކާއި ފިރިހެނަކު ޒިނޭކުރި ވާހަކަ ދެންނެވިއެވެ. އެހިނދު ރަސޫލާ ރަޖަމުކުރުމާބެހޭގޮތުން ތައުރާތުގައި އޮތީ ކީކޭތޯ އެއްސެވިއެވެ. އެމީހުން ދެންނެވިއެވެ. ތައުރާތުގައި އޮތީ އެ މީހުން ފަޟީޙަތްކޮށް ޙައްދުޖަހާ ވާހަކައެވެ. އެހިނދު މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބިން ސަލާމު ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަހެދީ ދޮގެކެވެ. ތައުރާތުގައި އޮތީ ރަޖަމުކުރާށެވެ." އެހިނދު އެބައިމީހުން ތައުރާތު ގެނެސް ހުޅުވައިލިއެވެ. އެމީހުންކުރެން މީހަކު ރަޖަމުކުރާ ވާހަކަ އޮތްތާނގައި އަތް އަޅައިގެން އޭގެ ކުރީ ބަޔާއި ފަހަތު ބައި ކިޔެވެ. އެހިނދު ޢަބްދުﷲ ބިން ސަލާމު އެމީހާއަށް އަތް ނެގުމަށް ވިދާޅުވިއެވެ. އެހިނދު ރަޖަމުގެ އާޔަތް ފެނުނެވެ. އެބައިމީހުން ބުންޏެވެ. މުޙައްމަދުގެފާނު ވިދާޅުވީ ތެދުބަސްފުޅެވެ. ދެން ރަސޫލާ އެ ދެ މީހުން ރަޖަމުކުރުމަށް އަމުރުކުރެއްވިއެވެ. އެމީހުންނާ ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ. {سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ}[15] "(އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. ޙަރާން މުދާ ގިނައިން ކާމީހުންނެވެ." އެމީހުންގެ މެދުގައި ރިބަވީ މުޢާމަލާތު ޙަރާން ކަމެއްކަމުގައި ވިޔަސް އެހެން މީހުންނާއެކު ކުރާ މުޢާމަލާތުތަކުގައި ރިބާ ކެއުމަކީ ޔަހޫދީންގެ ގާތުގައި ހުއްދަކަމެކެވެ. އަދި ކީއްތޯއެވެ. އެއީ ކުރަންޖެހޭނެވެސް ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެއީ ދުނިޔޭގެ ވެރިކަމަށް އައުމަށް މަގު ތަނަވަސްކޮށްދޭނެ ކަމެކެވެ. ޔަހޫދީ ޢިލްމުވެރިންގެ ޕްރޮޓްކޯލްތަކުގައި އައިސްފައި ވެއެވެ. "ވެރިކަން ކުރަން ބޭނުންވާ މީހާ މަކަރާއި ޙީލަތް ހަދަން ޖެހޭނެއެވެ."
9- ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލުންނާއެކު އަދަބުކުޑަކުރުން. ބައެއްފަހަރަށް އެމީހުން ޢުޒައިރުގެފާނަކީ ﷲގެ ދަރިކަލެކޭ ބުނެއެވެ. {عُزَيْرٌ ابْنُ اللَّهِ}[16] "عُزَير ގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ." އަނެއްބައިފަހަރަށް އެމީހުންގެ ޒަޢީމުންނާއި ޢިލްމުވެރިން ކަލާނގެތަކަކަށް ހެދިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ }[17] – އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ اللَّه ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ.)) ބައެއްފަހަރަށް އެބައިމީހުން ﷲގެ މަތިވެރި ޒާތުފުޅާ އެކަށީގެން ނުވާ ބަސްތައް ބުންޏެވެ. އޭގެތެރޭގައި ހިމެނޭ އެއްބަހަކީ { يَدُ اللَّهِ مَغْلُولَةٌ }[18] "اللَّه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެން ބުނީ اللَّه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ." އެމީހުންގެ އެހެން ބަހެއްގައި ވެއެވެ. {إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ }[19] "ހަމަކަށަވަރުން، اللَّه އީ ފަޤީރެކެވެ. ތިމަންމެންނީ މުއްސަނދިންނެވެ." ޔަހޫދީން ދަޢުވާގޮތުގައި އިލާހީ ތަދްބީރުތަކަށްވުރެ އެ މީހުންގެ ވިސްނުން މާތޫނެވެ. އެމީހުންގެ ރޭވުން މާ މޮޅެވެ. ތަލްމޫދުގައި އައިސްފައިވެއެވެ. "ޙާޚާމުން[20]ގެ އިރްޝާދުތައް ﷲގެ އަމުރުފުޅަށް ވެސް ބަދަލެއް ނުކުރެވޭނެއެވެ."
ޔަހޫދީންގެ މަސައްކަތަކީ ދުނިޔޭގެ އެހެން އެންމެން ކާފަރުކުރުމެވެ. ޔަހޫދީ ވިސްނުންތެރިންގެ ހަތަރުވަނަ ޕްރޮޓްކޯލުގައި އައިސްފައި ވެއެވެ. "ޣައިރު ޔަހޫދީންގެ ސިކުނޑިތަކުން ﷲ ޤަބޫލުކުރުން ލުއްސައިލާ ފުހެލަން މަސައްކަތްކުރުމަކީ ޔަހޫދީންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. އޭގެ ބަދަލުގައި އެމީހުންގެ ސިކުނޑީގައި އިންދާ ބޮޑުކުރަންޖެހޭނީ މާއްދިއްޔަތުގެ އެދުންތަކެވެ. ނުވަތަ ހިސާބުޖަހައިގެން ކަންކަންކުރުމުގެ އީމާންކަމެވެ." މާތް ﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީން ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ތުރުކުރައްވަން ވަރަށް ބޯ ދެ ހެދުންކޮޅެއް ގެންގުޅުއްވިއެވެ. އެކަލޭގެފާނު ދައުފޮދުހިއްލައިފިނަ މި ދެ ހެދުންކޮޅު ހަށިކޮޅަށް ވަރަށް ބަރުވެގެން ތުރާފުޅުވެގެން އުޅުއްވަނިކޮށް ޝާމުކަރައިން ޔަހޫދީއަކު އުއި ފޭރާމުގެ ހެދުންތަކެއް ގެނެސް ވިއްކާތީ ތިމަންކަމަނާ ދެންނެވީމެވެ. އެ ހެދުންތަކުން ދެ ހެދުމެއް ބައްލަވައިގަންނަވަންވީ ނޫންތޯއެވެ. މި ހެދުން ބައްލައިވައިގަންނަން މައިސަރާ ފޮނުއްވުމުން މި ޔަހޫދީ މީހާ ބުންޏެވެ. އެކަލޭގެފާނު ބޭނުންފުޅުވާ ކަންތައް މަށަށް އެނގެއެވެ. އެކަލޭގެފާނު ބޭނުންފުޅު ވަނީ މަގޭ މުދާ ނުވަތަ ދިރްހަމުކޮޅު ގެންދަވަން ނޫންހެއްޔެވެ؟ އެހިނދު ރަސޫލުﷲ ގެފާނު ވިދާޅުވިއެވެ. "އޭނާ ދޮގު ހަދައިފިއެވެ. ތިމަންކަލޭގެފާނަކީ ﷲ ދެކެ އެންމެ ބޮޑަށް ބިރުގަންނަ އަދި އަމާނަތްތައް އެންމެ ރަނގަޅަށް އަދާކުރާ މީހާކަން އޭނާއަށް އެނގޭނެތެވެ."[21]
10- އެމީހުންގެ ސިފަތަކުގެ ތެރޭގައި ބޮޑާކަމާއި ކިބުރުވެރިކަމާއި ފޮނިކަން ވެއެވެ. އެމީހުން ބައެއްފަހަރަށް ބުނާނެތެވެ. {نَحْنُ أَبْنَٰٓؤُا۟ ٱللَّهِ وَأَحِبَّٰٓؤُهُۥ}[22] "ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ." އަނެއްބައިފަހަރަށް ބުނާނެއެވެ. {لَن يَدْخُلَ الْجَنَّةَ إِلاَّ مَن كَانَ هُوداً أَوْ نَصَارَى}[23] "ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ." އިސްރާއީލުގެ މިއަދުގެ ޢަމަލުތަކަށް ބަލާއިރު މި ފޮނިކަމާއި ބޮޑާކަން ސާފުކޮށް ފެނެއެވެ. އެމީހުންބޮޑާކަމާއެކު ބުނާގޮތުގައި ދުނިޔޭގެ ކޮންމެ ދައުލަތެއް ފުޑުފުޑުކޮށްލުމުގެ ބާރު އިސްރާއީލަށް ލިބިގެންވެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން އިށީނދެތިބެގެން ގައުމުތަކުގެ ބައެއް ރައީސުންނާއި ބައެއް ޒަޢީމުންނާ ސަލާންކުރާ މަންޒަރު މީސްމީޑިޔާތަކުން ފެނިފައިވަނީ މަދެއްކޮށްނޫނެވެ. ޔަހޫދީ ޙާޚާމެއްކަމުގައިވާ މޮރިސް ޞަމޫއީލް އޭނާގެ ފޮތް ((ޣައިރު ޔަހޫދީން)) ގައި ބުނެފައި ވެއެވެ. "އަހުރެމެންނަކީ ޔަހޫދީންނެވެ. އަހުރެމެން ސުންނާފަތިކުރާ މީހުންނެވެ. އަހުރެމެން އަބަދުގެއަބަދަށް ދެމިތިބޭނީ ސުންނާފަތިކުރާ މީހުންގެ ގޮތުގައެވެ. އަހުރެމެން ތަންތަން ސުންނާފަތި ކުރަނީ ދުނިޔެއަށް ވެރިވެގަތުމަށް ބޭނުންވާތީއެވެ."
[1] المائدة: 64
[2] المائدة: 32
[3] المائدة: 82
[4] أخرجه البخاري (٣٩٤١) ومسلم (٢٧٩٣)
[5] الألباني، السلسلة الصحيحة (٦٩١) إسناده صحيح
[6] البقرة: 100
[7] الأنفال: 56
[8] الأنفال: 71
[9] البقرة: 14
[10] آل عمران: 75
[11] އެބަހީ ނަޞާރާއިން
[12] އެބަހީ ޔަހޫދީން
[13] المائدة: 41
[14] أخرجه البخاري (٣٣٢٩)، والنسائي في ((السنن الكبرى)) (٨٢٥٤) وأحمد (١٣٨٦٨)
[15] المائدة: 42
[16] التوبة: 30
[17] التوبة: 31
[18] المائدة: 64
[19] آل عمران: 181
[20] ޔަހޫދީ ދީނުގެ އިސް ފާދިރީން
[21] أخرجه الترمذي (١٢١٣)، والنسائي (٤٦٢٨)، وأحمد (٢٥١٤١)
[22] المائدة: 18
[23] البقرة: 111