ދާއިރާގެ މެމްބަރަށް ނުވަތަ ނުފޫޒުގަދަ އެހެން މީހަކަށް ގުޅައިގެން ކަންކަން ކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު އަޒާން ވިދާޅުވެއްޖެއެވެ.
މިއަދު ހުވާކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީއޮތް ޕީއެންސީގެ މެމްބަރު އަޒާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާސަންދަ, އެންސްޕާ, ސްޓޫޑެންޓް ލޯނު, ވިޔަފާރި ލޯނު, ބިދޭސީ ކޯޓާ ފަދަ ޚިދުމަތްތަކަކީ ކޮންމެ ރައްޔިތަކަށްވެސް އުސޫލުގެތެރެއިން އިންސާފުވެރިކަމާއެކު ލިބެންޖެހޭ ޚިދުމަތްތައް ކަމަށެވެ.
މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލުން ޕްރައިވެޓް ކޮޓަރި ދޫކުރުމާ އަދި މި ނޫންވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަކީ ކޮންމެ ރައްޔިތަކަށްވެސް އުސޫލުގެ ތެރެއިން އިންސާފުވެރިކަމާއި އެކު ލިބެންޖެހޭ ހިދުމަތްތައް ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.
"މަޖިލީސް އިންތިހާބަށް ކުރިމަތިލީ ދުވަހުން ފެށިގެން އެންމެ ގިނަ ރައްޔިތުން އަޅުގަނޑަށް ގުޅަނީ މިފަދަ ކަންކަމުގައި. އެހެން އެކަން ވާންޖެހެނީ ނިޒާމުގެ ތެރެއިން ހިދުމަތް ލިބުމުގައި ލަސްކަމާއި, ދަތިކަން އުޅޭތީ." އަޒާންގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
"ދިޔަރެސް" ނޫހުގެ ފައުންޑަރ އަދި މަޝްހޫރު ނޫސްވެރިޔާ އަޒާން ވިދާޅުވީ 20 ވަނަ މަޖިލީހުގައި މިކަންކަމަށް ހައްލެއް ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
1 Comment
ކޮމެގޮތެއް ހެދިޔަސް ގުލާނެ، މެންބްރުން ހޮވާފަ ތެބެނީވެސް އެކަހަލަ ކަންކަމުގެ ގުޅަން، މިހާރުވެސް ޚިދުމަތް ދެނީ ހަމަ އުސޫލެއްގެ ތެރެއިން.